ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުރީދޫން ހާއްސަ ހަވީރެއް ބާއްވަނީ

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އުރީދޫއިން "ހިޔާ އުފާ ޗިލްޑްރަން ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ ---

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުރީދޫއިން "ހިޔާ އުފާ ޗިލްޑްރަން ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފިއެވެ.

އުރީދޫއިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ވާ ގޮތުން މިއަދު ހަވީރު 16:00 މި ފެސްޓިވަލް ފެށިގެން ދާނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި އިރު އޮއްސި 18:00 ޖެހުމާ ހަމައަށެވެ.

އުރީދޫއިން ބުނީ މި ފެސްޓިވަލްގައި ކުދިންނާ ގުޅޭ މަޖާ އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ސްނޭކް އެންޑް ލެޑާ، ކަލަރިން ސްޓޭޝަން، ހޫޕްސް ތްރޯ، ފޭސް ޕެއިންޓް ފަދަ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ކުދިންގެ މުނިފޫހިފުލުވުމަށް ހަބޭސް ބޮޑުބެރު ގްރޫޕުގެ އިތުރުން މެޖީޝިއަނެއް ވެސް ހަރަކާތްތެރިވާނެއެވެ.

ހަމައެއާއެކު ، އުރީދޫގެ ހާއްސަ އޮފާތަކެއް މި ފެސްޓިވަލްގެ ތެރެއިން ލިބިގެން ދާނެއެވެ.

މިއަދުގެ ކުޑަކުދިންގެ ހަވީރުގައި ވީހާ ވެސް ގިނަ ކުދިން އާއިލާތަކާ އެކު ބައިވެރިވުމަކީ އުރީދޫގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް