އައްޑޫ ސިޓީގެ މޭޔަރު ޕާކިސްތާނުގެ ހައި ކޮމިޝަނަރާ ބައްދަލު ކުރައްވައިފި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑު އަތާރް މުހްތާރާ އިއްޔެ ބައްދަލު ކުރައްވައިފި ---

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑު އަތާރް މުހްތާރާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މޭޔަރުގެ އަރިހުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު އަދި ކައުންސިލް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕާކިސްތާނު އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގުރުނައިން އަހުމަދު ވަނީ މި ބޭފުޅުންނަށް ހާއްސަ މަރުހަބާއެއް ދަންނަވާފައެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ އޭނާއަށް ޒިޔާރަތް ކުރެއްވިކަމަށް ޓަކައި މޭޔަރަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ ދެ ފަރާތުގެ ގުޅުން ބަދަހިކޮށް ދެ ގައުމުގެ މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން، މިދިޔަ އޯގަސްޓު މަހު އައްޑުއަށް ކުރެއްވި ދަތުރުގައި މޭޔަރުގެ ފަރާތުން ލިބުނު މެހެމާންދާރީ ހަނދުމަފުޅު އާ ކޮށް އެކަމަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ. ރާއްޖެއަކީ ޕާކިސްތާނު ރައްޔިތުންގެ ދެވަނަ ހިޔާވައްސަށް ވީ ފަދައިން ޕާކިސްތާނަކީ ދިވެހީންގެ ދެވަނަ ގެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރުކާރާ ގުޅިގެން ތައުލީމީ، ސިއްހީ، އިޖުތިމާއީ އަދި އެހެނިހެން ދާއިރާތައްވެސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން ދާ ކަމުގައެވެ.

ޒުލްގަރުނައިން ވިދާޅުވީ ކައުންސިލުން ރަށްރަށުގެ މައްސަލަތައް ވަކިވަކިން ކިޔައިދެއްވުމަކީ އެ ކައުންސިލަރުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް ހާމަވާ ކަމެއް ކަމަށެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ ހަދިޔާއެއްގެ ގޮތުން އައްޑޫ ސިޓީގެ މޭޔަރަށް ބެޑްމިންޓަން ރެކެޓު، ނެޓު، ޓީޝާޓު، ޝަޓްލް އަދި ރިޕްލޭސްމެންޓް ގްރިޕްސް ދީފަ ---

ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ ހަދިޔާއެއްގެ ގޮތުން އައްޑޫ ސިޓީގެ މޭޔަރަށް ބެޑްމިންޓަން ރެކެޓު، ނެޓު، ޓީޝާޓު، ޝަޓްލް އަދި ރިޕްލޭސްމެންޓް ގްރިޕްސް ދީފައެވެ. އައްޑޫ ސިޓީ މޭޔަރު ވަނީ މި ހަދިޔާތަކަށް ޝުކުރު އަދާ ކޮށްފައެވެ.

comment ކޮމެންޓް