އެމްޓީސީސީ "ކަށަވަރު" ޕްރޮމޯ 89،000 ރުފިޔާގެ އަގުހުރި އިނާމަކާ އެކު ފަށައިފި

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއް އަހަރަށް ފަހު ބޮޑެތި ޑިސްކައުންޓު ތަކަކާއެކު އެމްޓީސީސީގެ މިއަހަރުގެ "ކަށަވަރު" ޕްރޮމޯ 89،000 ރުފިޔާގެ އަގުހުރި އިނާމަކާއި އެކު ފަށައިފިއެވެ.

އެމްޓީސީސީ ޝޯރޫމްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

އެ ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން ވިދާޅުވީ ކަށަވަރު ޕްރޮމޯޝަން 2021ގެ މަގުސަދަކީ މިއަހަރުގެ ނިޔަލަށް ކަސްޓަމަރުންނަށް ބޮޑު ޑިސްކައުންޓެއް ދީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުން ކަމަށެވެ.

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"2020ވަނަ އަހަރު ކޮވިޑު-19 އާ ގުޅިގެން މެދުކެނޑުމަށްފަހު އަޅުގަނޑުމެން މިއަހަރު އަނެއްކާވެސް މި ފެށި ޕްރޮމޯޝަނަކީ ކޮންމެ އަހަރެއް ވެސް ނިމުމާ ދިމާކޮށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެއް،" އޭނާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 17 އިން ފެށިގެން މި އަހަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ޕްރޮޑަކްޓުތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީ ތެޔޮ، ޕީޕީޖީ ކޯޓިން، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް، ޔަންމާ އަޑީ ތެޔޮ، ސުޒުކީ އަޑީ ތެޔޮ އަދި މެރިން ލައިޓްސްއަށެވެ.

"މި ޕްރޮމޯޝަން މި ޓާގެޓް ކުރެވެނީ އޮޑި ވެރިންނަށާއި އިންޖީނިއަރުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ދަތުރުފަތުރު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް،" ޝާހިދު ހުސެއިން ވިދާޅުވިއެވެ.

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ހިންގާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލޭގެ ބަނދަރު މަތީގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް އެމްޓީސީސީގެ މުވައްޒަފުން ޒިޔާރާތް ކުރުން ހިމެނެއެވެ. އަދި ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، ކ. ހިންމަފުށި އަދި ކ. ދިއްފުށީގެ ބޯޓުޔާޑުތަކަށްވެސް މުވައްޒަފުން ޒިޔާރަތް ކުރުން ހިމެނެއެވެ.

"އަދި މިއަހަރު ތެރޭގަ އެމްޓީސީސީއިން ވަނީ ހޮޓްލައިނެއް ގާއިމް ކޮށްފަ. ނަންބަރަކީ 1650. އެ ނަންބަރަށް މެސެޖެއް ކޮށްލެއްވިއަސް އަޅުގަނޑުމެންގެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ލިބޭނެގޮތް އިންތިޒާމް ކޮށްދެވޭނެ،" އެމްޓީސީސީގެ ސީއޯއޯ ވިދާޅުވިއެވެ.

މި އަހަަރުގެ ޕްރޮމޯޝަން ކުރިއަށް ދާއިރު އެމްޓީސީސީގެ ޝޯރޫމްއިން 5،000 ރުފިޔާއަށް ވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެއެވެ. ކޫޕަންތަކުން ނެގޭ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަކަށް 25 ހޯސް ޕަވަރުގެ އިންޖީނެެއް ލިބިގެން ދާނެއެވެ. އެއީ 89،000 ރުފިޔާގެ އަގުހުރި އިނާމެކެވެ.

comment ކޮމެންޓް