އެމްއޭސީއެލްއިން ފިޔަވައްޗަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

އެމްއޭސީއެލްއިން ފިޔަވައްޗަށް ދެ ލައްކަ ސޯޅަހާސް ރުފިޔާ ހަދިޔާކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ފިޔަވައްޗަށް 216،000 ރުފިޔާ، ފައިސާގެ އެހީގެ ގޮތުގައި ހަދިޔާކޮށްފިއެވެ.

ހުޅުމާލޭ ފިޔަވަތީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އެހީ ފިޔަވައްޗާ ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިން އިންޗާޖް އަދި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާއެވެ.

ފިޔަވަތީގެ ފަރާތުން އެހީއާ ހަވާލުވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒީނާ ގާސިމެވެ.

އެމްއޭސީއެލްއިން ފިޔަވައްޗަށް ދެ ލައްކަ ސޯޅަހާސް ރުފިޔާ ހަދިޔާކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްއޭސީއެލް

ފިޔަވައްޗަށް އެމްއޭސީއެލްއިން ހަދިޔާ ކުރި ފައިސާއަކީ އެތަނަށް ބޭނުންވާ ސައިކޮލޮޖީ ޓީޗަރެއްގެ އެއް އަހަރުގެ މުސާރައަށް ވާ ފައިސާއެވެ.

މީގެ އިތުރުން، އެމްއޭސީއެލްގެ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ފިޔަވަތީގެ ކަރަންޓާއި އޭސީ މަރާމާތު ކުރުމުގެ ހިދުމަތްވެސް އެކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްއޭސީއެލްއިން ވަނީ ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަނަށް 3,965 ޑޮލަރު ހަދިޔާކޮށްފައެވެ.

އެއީ އޯޓިޒަމް އެސޯސިއޭޝަންގެ ކަރިކިއުލަމް ގަތުމަށާއި މުދައްރިސުން ތަމްރީނު ކުރުމަށް ހަދިޔާކުރި ފައިސާއެވެ.

comment ކޮމެންޓް