ރައްޔިތުން ބޭނުންވަނީ ގަބުރު ކޮންނާކަށް ނޫން، ތަރައްގީއާއެކު ކުރިއަށް ދާން: ސައީދު

ނޮވެމްބަރު 15، 2021: އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މިއަދު ރައްޔިތުން ބޭނުންވަނީ މާޒީގެ ތެރެއަށް ގޮސް ތަފާތު މައްސަލަތައް ބަލާކަށް ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަަށް ދިޔުމަށްކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަޖެޓާ ގުޅޭގޮތުން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް މުޅިން ވެސް ބައްޓަންވެފައި އޮތީ ސަރުކާރުން އަމިިއްލައަށް އުފަންކުރި ކަންކަމަށް ހަރަދުކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ އެެކި ބޭނުންތަކަށް ހަދާފައިވާ ކޮމިޝަންތަކަށް ހަރަދުކުރުމަށް ސަަރުކާރުން ބޮޑު ހޭދައެއް ކުރާކަމަށް ވިދާޅުވިއެވެ.

"މިސާލެއް ދީފާނަން އަޅުގަނޑު. އޮމްބަޑްސްޕާސަން އޮފީހުގެ ވާހަކަ ތި ބޭފުޅުން އަޑުއައްސަވާނެ. މުހައްމަދު އަމީންގެ ހަޔާތްޕުޅުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގައި ހިނގާފައިހުރި ހުރިހާ މައްސަލަތަކެއް ބަލަން ރައީސް ސޯލިހު އުފެއްދެވި އޮފީހެއް އެއީ. އެ އޮފީހުގައ ހުރޭ ތިން ހަތަރު ބުރިއަށް ނަގާފައި ހުންނަ ތަންތަން،" ސައީދު ވިދާޅުވިއެވެ.

ނޮވެމްބަރު 15، 2021: އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އޭނާ ވިދާޅުވީ އެ ތަނުގެ އަސްލު މަގްސަދަކީ އެންމެ ކަމެއްކަމަށެވެ. އެއީ މިއަދާ ހަމައަށް ހިނގާފައި ހުރި މައްސަަލަތައް ބެލުން އެކަނިކަމަށެވެ. ނަމަވެސް ހަމައެކަނި އެ މަސައްކަތަށް 15 މިލިއަން ރުފިޔާ ހަރަދުކުރާކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ކުރާ ހަރަދުގެ ނިސްބަތް ބޮޑުތަނުން ކުޑަކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ނޫޅޭ މުހައްމަދު އަމީންގެ ހަޔާތްޕުޅުގައި ހިނގައިފައިހުރި މައްސަލަތަކަކީ ކޮބައިތޯ ބަލައި، މީހުންގެ ގަބުރު ކޮނެ ނަގައި، އެ މީހުންގެ ހުރި މައްސަލަތައް އޮޅުން ފިލުވާކަށް. ރައްޔިތުން ބޭނުންވަނީ ކުރިއަށް ދާން. ތަރައްގީއާއެކު ކުރިއަށްދާން،" ސައީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބަޖެޓު އެކުލަވާލައިފައި އޮތް އިރު އެންމެ ބޮޑަށް އޮތީ ދައުލަތް ހިނގުމުގައި މައްޗަށް ކުރާ ރިކަރެންޓު ހަރަދުތަކަށްކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ ބަޖެޓަށް ވޯޓު ދޭނެކަމަށް ބުނެފައެވެ. އަދި ބަޖެޓަށް ވޯޓު ނުދީ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް ހުރަހެއް އެޅުނަ ނުދޭނެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަންނަ އަހަަަށް ލަފާކުރާ ބަޖެޓަކީ ބޮޑެތި ގެެއްލުންތަކަކާއެކު ފާސްވާނެ ބަޖެޓެއްކަމަަށް އިދިކޮޅުގެ ހުރިހާ މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓަށް ވޯޓު ދިނުމުގައި އެ ކޯލިޝަނުން ވިސްނާނެކަމަށް ވެސް އިދިކޮޅުގެ ޕީޖީ ލީޑަރު ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް