ޖަޕާނުގެ ކުރީގެ ޕްރިންސަސް ގައުމު ދޫކުރައްވައި ނިއު ޔޯކަށް ވަޑައިގެންފި

ޝާހީ ހާންދާން ދޫކޮށްލުމަށްފަހު ޖަޕާނުގެ ކުރީގެ ޕްރިންސަސް މާކޯ އޭނާގެ ފިރިމީހާ ކެއި ކުމާރޯއާ އެކު ނިއު ޔޯކަށް ވަޑައިގަންނަވައިފި ---

ޝާހީ ހާންދާން ދޫކޮށްލުމަށްފަހު ޖަޕާނުގެ ކުރީގެ ޕްރިންސަސް، މާކޯ އޭނާގެ ފިރިމީހާ ކެއި ކުމޯރޫއާ އެކު އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފިއެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން ނިއު ޔޯކްގައި މާކޯ ދިރިއުޅުއްވާނީ އެޕާޓްމެންޓެއް ކުއްޔަށް ނަންގަވައިގެންނެވެ. އަދި މާކޯ ވަޒީފާއެއް ހޯއްދަވާނެ ކަމުގެ އަޑުވެސް ދަނީ ފެތުރެމުންނެވެ.

މާކޯ އާއި ފިރިމީހާ ކުމޫރޯ އެއާޕޯޓަށް ދިޔައިރު ގިނަ އަދަދެއްގެ ނޫސްވެރިންނާ ބައްދަލުވި ނަމަވެސް ނޫސްވެރިންގެ އެެއްވެސް ސުވާލަކަށް އެދެމީހުން ޖަވާބެއް ނުދެއެވެ.

އިނގިރޭސިވިލާތުގެ ގިނަ ބަޔަކު މާކޯ އާއި ކުމޫރޯ ސިފަ ކުރަނީ "ޖަޕާނުގެ ހެރީ އަދި މޭގަން"ގެ ގޮތުގައެވެ.

ޖަޕާނުގެ ކްރައުން ޕްރިންސް އަކިޝީނޯ އާއި ޕްރިންސަސް ކިކޯގެ ދޮށީ ދަރިފުޅު ޕްރިންސަސް މާކޯއަށް އޭނާގެ ލަގަބު ދޫކޮށްލަން މަޖުބޫރުވީ އޭނާ ކައިވެނި ބައްލަވައިގަތީ އާއްމު ރައްޔިތަކާ ކަމަށްވާތީއެވެ.

މާކޯއަކީ ޖަޕާނުގައި ޝާހީ ލަގަބު އަދި އާއިލާ ދޫކޮށްލި ފުރަތަމަ އަމީރާއެއް ނޫނެވެ. އެގޮތުން މާކޯގެ ބޮޑުދައިތަ ސަޔަކޯވެސް ވަނީ 2005ވަނަ އަހަރު އާއްމު މީހަކާ ކައިވެނިކޮށް، ޝާހީ އާއިލާ ދޫކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް