އެމްއެންޔޫއިން ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫގެ ކޯސްތަކުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން 27 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

އެމްއެންޔޫގެ ކޯސްތަކަށް އެޕްލައި ކުރާނީ ޔުނިވާސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv
މެދުވެރިކޮށެވެ.

އެމްއެންޔޫއިން ބުނީ މިފަހަރު އެ ޔުނިވާސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގައި ވަރަށް ގިނަ ލުއި ތަކެއް ދީފައި ވާނެ ކަމަށެވެ.

އެގޮތުން ސެޓްފިކެޓް އެޓެސްޓް ނުކޮށްވެސް އެޕްލިކޭޝަން ބަލައިގަންނާނެއެވެ. އަދި މިފަހަރު އޭލެވެލް ހަދާ ދަރިވަރުންނަށް ފައިނަލް ނަތީޖާ ނުލިބުނު ނަމަވެސް އޭއެސް ލެވެލްގެ ސެޓްފިކެޓާ އެކު ކޮންޑިޝަނަލް އޮފާއާ އެކު ޖާގަ ކަށަވަރުވާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މިފަހަރު އެމްއެންޔޫއިން ވަނީ ތަފާތު ދާއިރާތަކުން 113އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ދާއިރާތަކަކީ:

  • ޓޫރިޒަމް
  • ހޮސްޕިޓާލިޓީ
  • ކަލިނަރީ އާޓްސް
  • ޖަރނަލިޒަމް
  • ޕޮލިޓިކަލް ސައިންސް
  • ޝަރީއާ އެންޑް ލޯ
  • ކޮމްޕިޔުޓަރ ސައިންސް
  • ބިޒްނަސް
  • އެކައުންޓިން
  • އިކޮނޮމިކްސް
  • ނާސިން
  • މާކެޓިން
  • ސައިކޮލޮޖީ
  • ހެލްތު ސައިންސަސް
  • އާކިޓެކްޗާ
  • އިންޓީރިއާ ޑިޒައިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސިވިލް އެންޖިނިއަރިން ސައެންސް
  • އެންވަޔަރަންމަންޓަލް މެނޭޖްމަންޓް
  • މެރިން ސައިންސް
  • ސައިންސް
  • މެރިޓައިމް ސްޓަޑީޒް

އެމްއެންޔޫ އިން ވަނީ އެ ކޯސްތަކާ ބެހޭ މައުލޫމާތު https://courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް