އަޔަދީ ތަކަފުލްއަށް އަނެއްކާވެސް ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް

އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔަދީ ތަކާފުލް އިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލް ކޮށްފި --- ފޮޓޯ/ އެލައިޑް އިންޝުއަރެންސް

އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔަދީ ތަކާފުލް އިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލް ކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި އިފްސާ އެވޯޑު ހަފްލާގައި އަޔަދީ ތަކަފުލްއިން ވަނީ ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީން ގޯލްޑް އެވޯޑް ހާސިލް ކޮށްފައެވެ. މިއީ އެ ކުންފުންޏަށް އެ އެވޯޑު ލިބުނު ހަތަރު ވަނަ ފަހަރެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ އެވޯޑު ލިބިފައި ވަނީ އަޔާދީ ތަކާފުލްއަށެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑުތަކެއް ހާސިލް ކޮށްފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކަފުލްއަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އެވޯޑާއި ހަމަ އެ އަހަރު ހިދުމަތުގެ އަގުވަޒަންކޮށް ދިން ސިލްވާ އެވޯޑް ހިމެނެއެވެ.

އިފްސާ އެވޯޑް ހަފްލާއަކީ ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އެވޯޑް ހަފްލާއެކެވެ. މި އެވޯޑް ހަފްލާގެ މަގުސަދަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި އިސްލާމިކް ފައިނޭންސިން ދާއިރާ ފުޅާކުރުމެވެ. އަދި އެ ހިދުމަތް ދިނުމުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި އިޖާދީ ވިސްނުން ތައާރަފްކުރާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކޮށް އަގު ވަޒަން ކުރުމެވެ.

comment ކޮމެންޓް