ފަޅުގެއެއްގެ ތެރެއިން މަރުވެ، ކުނިވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

މަރުވެފައިވާ މީހާ ފެނިފައިވާ މއ. އާފަލުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މާލޭގައި ހުރި ފަޅުގެއްގެ ތެރޭގައި މަރުވެ, ކުނިވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މައްޗަންގޯޅީގައި ހުންނަ ފަޅުގެއްގެ ތެރެއިން ކުނިވަސްދުވާކަމުގެ ރިޕޯޓެއް ލިބިގެން މިއަދު 15:42 ހާއިރު ފުލުހުން އެގެޔަށް ދިޔަ ކަމަށެވެ.

އެގެއަށް ގޮސް ބެލިއިރު އެތަނުން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި 37 އަހަރުގެ އެމީހާ ފެނިފައި ވަނީ މއ. އާފަލުގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.

މަންޒަރު ފެނުނު މީހުން ކިޔައިދިން ގޮތުގައި އެގޭގެ މައި ދޮރުގައި ޗޭނު ޖަހައި ތަޅު އަޅުވާފައިހުރުމުން ފުލުހުން އެގެއަށް ވަނީ ދޮރު ހަލާކުކޮށްލައިގެންނެވެ.

އާފަލުގެއަކީ ތަޅާލުމަށްފަހު އަލުން އިމާރާތްކުރުމަށް ދާދިފަހުން މީހުން ހުސްކޮށްފައިވާ ގެއެކެވެ.

comment ކޮމެންޓް