އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުން ގޯޑަން ވަކިކޮށްފި

ގޯޑަން އެންޑްރޫ ސްޓުވާޓް-- ސަން ފޮޓޯ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގޯޑަން އެންޑްރޫ ސްޓުވާޓް ވަކިކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ގޯޑަން އެ މަގާމުތަކުން ވަކީ ކުރީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެގޮތަށް ނިންމައި، އެންގުމުން ކަމަށެވެ.

ގޯޑަން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވުމުގައި ކޮށްދެއްވި މަސައްކަތްތަކަށް އެކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖެއްސީ، މިދިޔަ އަހަރުގެ ޖޫން މަހު 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް