ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ މި ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، 'ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން' މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

އެ އިސްލާހުގައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފުރަތަމަ ލިސްޓް، އަންނަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް
ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތް ކުރަންވީ ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި އެހާތަނަށް އުފައްދައި ބޭނުން ނުކޮށްހުރި މިންވަރާއި އެފަދަ ތަކެތި ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާ ނިސްބަތަށް ރިޢާޔަތް ކުރަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން ރިޢާޔަތް ކުރަން ޖެހޭނެކަމަށް ކަނޑައަޅާފައި ވަނީ، އަދި އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ އުފެއްދުން ނުވަތަ ބާޒާރަށް ނެރުން މަނާކުރުމުން، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރަށެވެ.

comment ކޮމެންޓް