އޭސީކޮށްފައި ހުންނަ ތަންތާނގައި މާ ގިނައިރު އުޅުމަކީ ރަނގަޅުކަމެއް ނޫން!

އޭސީ

ޖައްވީ ތާޒާ ވައިގެ ފިންޏަށްވުރެ އިންސާނުން އެންމެ ހިތްހަމަ ޖެހޭ ފިންޏަށް އަދު ވެފައިވަނީ އޭސީގެ ފިންޏެވެ. ތިމާ ހުންނަ ކޮންމެ ތާކު އޭސީގެ ފިނި އެއީ ޒަރޫރީ އެއްޗަކަށްވެފައިވާއިރު، އެއާ ނުލާ އަދުގެ ދިވެހިންނަށްވެސް އުޅެން މިވަނީ ދަތިވެފައެވެ. ނަމަވެސް ކަރަންޓުގެ ޒަރީއާއިން އުފައްދާ މި ފިނީގައި މާ ގިނަ ވަގުތު ހޭދަކުރުމަކީ ހަށިގަނޑަށް ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ސަބަބަކަށް ވެދާނެއެވެ.

މާ ގިނަ ވަގުތު އޭސީ ފިނީގައި ހޭދަކޮށްފިނަމަ ލޮލުގެ ތެތްކަން ކުޑަވެ، ލޯހިކުމުގެ މައްސަލަ ވަރަށް އަވަހަށް ދިމާވެގެންދެއެވެ. އޭގެ ސަބަބުން ލޯ ހިރުވުމާއި ލޮލުގެ ފެނުން ފުސްވެ، ނަމްބަރުގެ އައިނުގެ ބޭނުންޖެހެއެވެ.

އޭސީއަކީ ހަށިގަނޑުން ފެންދަމާ އެއްޗެއްކަމުގައި ސިއްހީ އެތައް މާހިރުންނެއް ބުނެފައިވެއެވެ. މިކަން މިހެން ވެދާނެކަމަށްޓަކައި ބައެއްމީހުން ފެންފުޅިއެއް ކޮޓަރިތެރޭ ބަހައްޓައެވެ. އެކަމަކު، މިހެން ކަންތައް ކުރި ނަމަވެސް އޭސީ ފިނީގައި ގިނަ ވަގުތު ހޭދަކޮށްފިނަމަ ހަށިގަނޑުން ފެން މަދުވުމުގެ މައްސަލަ ކުރިމަތިވާނެއެވެ. މީގެ ސަބަބުން ބޮލުގެ ރިހުމާއި އެނބުރުން އެރުމާއި ހަށިގަނޑުގެ ވަރު ދޫވުން ފަދަ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

ގިނަ ވަގުތު އޭސީ ފިނީގައި ހޭދަކޮށްފިނަމަ ހަންގަނޑު ހިކި، ކުރަކިވުމުގެ މައްސަލަ ދިމާވެއެވެ. ބޮލުގައި ހަންފޮޅުމާއި ހަންގަނޑު ހިރުވުމަކީ އާންމުކޮށް އޭސީ ފިނީގެ ސަބަބުން ދިމާވާ ކަމެކެވެ.

އެހެންކަމުން، އޭސީގައި ހޭދާކުރާ މިންވަރު މަދުކުރަން ޖެހެއެވެ. އޭސީ ފިނިން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ގިނަގިނައިން ފެން ބުއިމަށް ސިއްހީ މާހިރުން ލަފާދާރުވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ފިނި މޫސުގައި ނަމަ އޭސީ ފިނީގައި އެއްވެސް ވަރަކަށް ނޫޅުންކަމަށާއި ޖައްވީ ތާޒާ ވައިން ފިނިކަން ލިބިގަތުމަށް އެ ބޭފުޅުން ނަސޭހަތްތެރިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު