ލައިފް ސަޕޯޓްއިން ސިނޮމެރިންގެ އައު ޕްރޮޑަކްޓުތަކެއް ތައާރަފްކޮށްފި

ސިނޮމެރިން އިން ނެރުނު އައު އުފއްދުންތައް --

ލައިފް ސަޕޯޓްއިން ސިނޮމެރިންގެ އައު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ސިނޮމެރިންގެ އައު އުފެއްދުންތަކަކީ ނޭފަތް ބެދި، ނޭފަތުގެ އުނދަގޫ އާންމުކޮށް ދިމާވާ މީހުން ނޭފަތަށް އަޅާ ފެނުގެ ގޮތުގައި އުފައްދާފައިވާ ހާއްސަ އުފެއްދުންތަކެކެވެ.

މިއީ ބޭނުން ކުރަން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ކަނޑައަޅާފައިވާ އަދި ޔޫރަޕިއަން ޔޫނިއަންގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކެކެވެ.

ހަމައެއާއެކު، މައިގަނޑު ގޮތެއްގައި މޫދު ފެން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި އުފެއްދުންތަކަކީ 100 ޕަސެންޓު ގުދުރަތީ އުފެއްދުންތަކެކެވެ.

މި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ :

  • ސިނޮމެރިން ބޭބީސް (ފަސް މިލިލީޓަރު)
  • ސިނޮމެރިން ޗިލްޑްރަން ނޯސް ކެއާ (100 މިލިލީޓަރު)
  • ސިނޮމެރިން މިނީ ސްޕްރޭ (30 މިލިލީޓަރު)
  • ސިނޮމެރިން އެޑަލްޓްސް ނޯސް ކެއާ (125 މިލިލީޓަރު)
  • ސިނޮމެރިން ކޯލްޑް އެންޑް ފްލޫ ޕްލަސް އަލްގޭ (30 މިލިލީޓަރު)
  • ސިނޮމެރިން އެލާޖީ ރިލީފް ޕްލަސް އަލްގޭ (30 މިލިލީޓަރު)
  • ސިނޮމެރިން ޑްރައި ނޯސް ރިލީފް (30 މިލިލީޓަރު)

ލައިފް ސަޕޯޓުން ރާއްޖޭގެ ބާޒާރަށް ނެރުނު ސިނޮމެރިންގެ އައު އުފެއްދުންތައް --

ގްރީސްގައި އުފައްދާ މި ޕްރޮޑަކްޓުތަކާ ބެހޭ އިތުރު މައުލޫމާތު ސިނޮމެރިންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި އުފެއްދުންތައް ރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ނޭފަތައް އަޅާ ފެން ނުވަތަ ސްޕްރޭ އޮންލައިންކޮށް ލިބެން ހުންނާނީ ފާމަސީ.އެމްވީގެ ވެބްސައިޓުންނެވެ.

comment ކޮމެންޓް