އައިޖީއެމްއެޗް ނަރުހުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެނެސްފި

އަންހެން މީހާގެ މަރާ ގުޅިގެން ފިރިމީހާ ވަނީ ހައްޔަރުކޮށްފައި. އެފިރިހެން މީހާ އަކީވެސް ނަރުހެއް ----

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށްފަހު، އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ، ނަރުސް މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ގްރޭސްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިިދިޔަ ހޯމަ ދުވަހުގައެވެ. އެއީ، ގްރޭސް މަރުވީ އަމިއްލައަށް ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ, މޭރީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އަންހެން މީހާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމުގައި ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މޭރީގެ ފިރިމީހާ އެކަންޏެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ނަރުހެކެވެ.

comment ކޮމެންޓް