ތައިލެންޑަށް ގޮސް ކަރަންޓީން ވާން ނުޖެހޭ ލިސްޓަށް ރާއްޖެ

ތައިލެންޑްގެ ރިސޯޓެއްް--

ތައިލެންޑަށް ގޮސް ކަރަންޓީން ވާން ނުޖެހޭ ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ ރާއްޖެ ހިމެނޭ ގޮތަށް އެ ލިސްޓަށް ކޮވިޑްގެ ރިސްކު ކުޑަ 17 ގައުމު އިތުރުކޮށްފައިވާ ކަމަށެވެ.

އެ ގައުމުތަކުގެ މީހުންނަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ތައިލެންޑަށް ދަތުރު ކުރެވޭނީ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެހެން ނަމަވެސް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ތައިލެންޑުން ވަނީ ކަނޑައަޅާފައެވެ. އެއީ؛

  • ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ވުން
  • ދަތުރުގެ ކުރިން ކޮވިޑް-19ގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދާފައިވުން

އަލަށް އިތުރު ކުރި 17 ގައުމާއެކު ތައިލެންޑަށް ގޮސް ކަރަންޓީން ވާން ނުޖެހޭ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ އަދަދު 63 އަށް ވަނީ އަރާފައެވެ.

comment ކޮމެންޓް