މި ހަފްތާގައި ބަލާލަން އެންމެ ކަމުދާނެ ނެޓްފްލިކްސްގެ ފިލްމުތައް

ނެޓްފްލިކްސް

ނެޓްފްލިކްސް އިން ކޮންމެ ހަފްތާއަކުވެސް އަންނަނީ ރީތި އެތައް ފިލްމުތަކެއް އަޕްލޯޑް ކުރަމުންނެވެ. މި އެޕަކީ 209.18 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އެޕަކަށްވާ އިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

މި ބަލާލަނީ މި ހަފްތާގައި ނެޓްފްލިކްސްއިން ބަލައިލަން ކަމުދާނެ ބައެއް ފިލްމުތަކަށެވެ. މިއީ ނުބަލާ ދޫކޮށްލާވަރުގެ ފިލްމުތަކެއް ނޫންކަން މިފިލްމުތަކުގެ ޓްރެއިލާ ބަލާލުމުންވެސް ޔަގީންވެގެންދެއެވެ.

ވޯކް އޮފް ޝޭމް

ދެހާސް ސާދަ ވަނަ އަހަރު ނެރެ، މިއަހަރު ނެޓްފްލިކްސްއިން ދައްކަން ފެށި މި ރީތި ކޮމެޑީ އަކީ ރައްޓެހިންނާ އެއްކޮށް މަޖާ މޫވީ ޓައިމަކަށް ސަޅި ފިލްމަކަށް ވާނެއެވެ. ފިލްމުގެ ލީޑުން އެލިޒަބެތު ބޭންކްސް އާއި ޖޭމްސް މާސްޑަން ފެންނަ މި ކޮމެޑީ އަށް ރޮޓެން ޓޮމާޓޯގެ ރޭޓިން އަށް ލިބިފައި ވަނީ އެންމެ 12 ޕަސެންޓެވެ. އެކަމަކު މީގައި އުޅޭ ތަރިންގެ އެކްޓިން އާއި މިޒާޖަށް ލޯބިކުރާ މީހުންނަށް މި ފިލްމަކީ މޫވީ ނައިޓް ވޯތީ ފިލްމަކަށް ނުވެ ނުދާނެއެވެ.

ބްލެކް އައިލެންޑް

މިއީ ޖަރުމަނު ފިލްމެކެވެ. ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުން ހައި ސްކޫލްގައި އުޅޭ މަޑުމައިތިރި މިޒާޖެއް ހުންނަ ފިލިޕް ފްރޮސެންޓް ގެ ދިރިއުޅުމަށް، އޭނާގެ ސްކޫލަށް އަލަށް އަންނަ އަންހެން ޓީޗަރަކާ ހިސާބުން ބޮޑު ބަދަލުތަކެއް އަންނަން ފަށައެވެ. މި އަންހެން ޓީޗަރާއި ފިލިޕްއާ ދެމެދުގައި ގުޅުމެއް އުފެދި، ވާހަކައިގެ ވަކި ހިސާބަކުން ގޮތް ގޭނގޭ ބޮޑެތި ސިއްރުތަކެެއް ފަޅާ އަރައެވެ.

ބެކެޓް

ޓެނެޓް ގެ ތަރި އަދި ޑެންޒެލް ވޮޝިންޓަންގެ ދަރި، ޖޯން ޑޭވިޑް ވޮޝިންޓަން ފެންނަ މި އެކްޝަން ތްރިލާ އަކީ ނެޓްފްލިކްސް އޮރިޖިނަލް އެކެވެ. މި ފިލްމުގައި ޖޯން ޑޭވިޑް ގެ ކެރެކްޓާ އަކީ ގްރީސް އަށް ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއާ އެކު ގޮސް އުޅޭ ޓޫރިސްޓެކެވެ. އެކަމަކު ދަތުރުގައި ދިމާވާ ހަދިސާއެއްގައި ބަޔަކު އޭނާގެ ގާލްފްރެންޑް މަރާލަ އެވެ. އެކަމަކު އެއީ ކީއްވެ ކަމެއް އޭނާ އަކަށް ނޭނގެ އެވެ. އެހާ ހިސާބުން ހައިރާންވެ، ބިރުގަނެފައި ހުންނަ ޖޯން މަސައްކަތް ކުރަނީ އެމީހުންގެ ކިބައިން ރެކިގެން އެމްބަސީ އާ ހަމައަށް ސަލާމަތުން ދެވޭތޯ އެވެ. ފިލްމުގެ ސްޓޯރީ ނިއުޅެމުންދާ ވަރަކަށް އޭނާ އަށް ވެގެން އުޅޭ ގޮތް އެނގި ކުރިން ނޭނގޭ ސިއްރުތަކެއް ހާމަވެ އެވެ.

މިޝާ އެންޑް ދަ ވުލްވްސް އަކީ ޑޮކިއުމެންޓްރީ އެކެވެ. މިއީ ހޮލޮކޯސްޓް ހާދިސާގައި މިޝާ ޑިފޮންސެކާ ކިޔާ އަންހެނަކު ހޮލޮކޯސްޓް އިން ސަލާމަތްވާން ހިޔަޅު އާއިލާ އާ އެކު ދިރިއުޅުނު ގޮތާއި އެއާއެކު އެކަމާ ބެހޭ ފޮތެއް ލިޔެ، ޗާޕު ކުރުމަށް ލިބުނު ގޮތް ކިޔައިދޭ ގޮތަށް ގެނެސްދޭ ޑޮކިއުމެންޓްރީ އެކެވެ. އެކަމަކު އޭނާގެ ޕަބްލިޝާއަށް އޭނާ ކިޔައިދޭ ވާހަކަ ތަކުގައި ހަގީގަތާ ހިލާފު ކަންތައްތަކެއް ހިމެނޭކަން އެނގޭ ހިސާބުން އިތުރު ވާހަކަތަކެއް ތިލަވެއެވެ.

ލަވް ހާޑް

މީގެ އިތުރުން ނޮވެމްބަރު ފަހެއްގައި ލޯބީގެ ފިލްމުތަކަށް ލޯބިކުރަމުން އަންނަ ނެޓްފްލިކްސް ގެ ބެލުންތެރިންނަށް ހާއްސަ ފިލުމެއް ނެރެފައިވެއެވެ. އެއީ މިއަހަރުގެ ލޯބީގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ލަވް ހާޑް" އެވެ. މި ފިލުމަކީ މަޝްހޫރު ތަރި ޑަރެން ބާނެޓާއި ނިނާ ޑޮބްރެވް ފެނިފައިވާ މަޝްހޫރު ފިލުމެކެވެ.

ފިލުމުތަކުގެ އިތުރުން ދެން މިއޮތީ މިމަހު ނެޓްފްލިކްސް އަށް އަންނާނެ އެންމެ ރީތި އެއް ޑޮކިއުމެންޓްރީއެވެ.

ޓައިގާ ކިންގް 2

ޓައިގާ ކިންގްއަކީ ނެޓްފިލިކްސް އިން މިދިޔަ އަހަރު ދެއްކި ޓުރޫ ކްރައިމް ޑޮކިއުމަންޓްރީ ސީރީސްއެކެވެ. މި ޝޯގައި ދައްކަނީ އެމެރިކާގެ އޮކްލަހޯމާގެ ޒޫ ހިންގާ މީހެއް ކަމަށްވާ ޖޯސޮޕް މޮލްޑާނޯ-ޕެސެޖް "ޖޯ އެކްޒޮޓިކް" ގެންގުޅުނު ބޮޑެތި ޖަނަވާރުތަކަށް އެ ސޮރުމެންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އިހާނެތިކޮށް އަމަލުކުރާ މަންޒަރެވެ.

އެ އެއްޗެހި ބޭނުންކޮށްގެން ވިޔަފާރި ނަފާ ހޯދަން އޭނާ ކުރާ މަސައްކަތް ފިލްމުން ފެނެ އެވެ. ދެން ދައްކަނީ ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރަން ގޮވާލާ އެކްޓިވިސްޓެއް ކަމަށްވާ ބިގް ކެޓްސް ރެސްކިއުގެ ކެރޯލް ބާސްކިން އާއި ޖޯ އެކްޒޮޓިކްއާ ދެމެދު އޮންނަ ވާދަވެރިކަމާއި ނަފްރަތެވެ.

comment ކޮމެންޓް