މެޑަމް ފަޒުނާ "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ފައްޓަވައި ދެއްވައިފި

މެޑަމް ފަޒުނާ "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ގެ ބައިވެރިއަކަށް އިނާމު ހަވާލު ކުރަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ހަރަކާތް ފައްޓަވައިދެެއްވައިފިއެވެ.

"ބާރ2000 ފަރަމަންތާ ޗެލެންޖް 2021" އަކީ އޯޕަން ވޯޓަރ ސުވިމިން، ސާފިން އަދި ބޮޑީ ބޯޑިން މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ.

މި ހަރަކާތަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއާ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ހަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަދު ހެނދުނު ރަސްފަންނު އަތިރިމަތީގައި ކުރިއަށްދިޔަ މި ހަރަކާތް ފަށްޓަވައިދެއްވުމަަށް ފަހު، ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ލިބުނު ޓީމުތަކާއި ފެތުންތެރިންނަށް މެޑަމް ފަޒުނާ ވަނީ އިނާމު ހަވާލު ކޮށްދެއްވާފައެވެ.

މި ހަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ. މި ހަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގް ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. އަދި ސާފިން އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުންނެވެ.

comment ކޮމެންޓް