މާލެއިން 35 ޕޮޒިޓިވް ކޭހާއެކު މިއަދުގެ ޖުމްލަ ކޭސްތައް 128ގައި

ޖުލައި 7، 2021: މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,731 ސާމްޕަލްގެ ތެރެއިން 128 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 66 މީހަކާއި މާލެއިން 35 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން 27 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،700 އެވެ.

މި ބަލީގައި 29 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 87،487 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85,531 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 243 މީހުންނެވެ.

comment ކޮމެންޓް