ނަރުހުގެ މަރު: ފިރިމީހާގެ ބަންދަށް 15 ދުވަސް

އަންހެން މީހާގެ މަރާ ގުޅިގެން ހައްޔރު ކުރި އޭނާގެ ފިިރިމީހާ އެފިރިހެން މީހާ އަކީވެސް ނަރުހެއް ----

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ހަސަން ޝާމިން ވަނީ "ސަން"އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އޭނާގެ ފިރިމީހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު ދަރިއަކު ވެސް ހުރެއެވެ.

އެނގިފައިވާގޮތުގައި އަންހެން މީހާގެ ހަށިގަނޑު އައީޖީއެމްއެޗަށް ގެންދިޔައީ އެތަނުގެ އެމްބިއުލާންސަކަށް ގުޅުމަށްފަހު ފިރިމީހާއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ބުނީ, އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އެ އަންހެން މީހާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް އޭނާގެ ފިރިމީހާ އެއް ފަހަރު ބުނުމަށްފަހު, ފަހުން ބުނެފައިވަނީ ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމުގައި ކަމަށެވެ.

އެ ފިރިހެން މީހާގެ ފަރާތުން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުމުން އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް