ހުޅުމާލޭގައި ލައިސަންސް ޓެސްޓް ހަދާނެ ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ލައިސަންސް ޓެސްޓް ހަދާނެ ބިން ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑްރައިވިންގް ލައިސަންސް ޓެސްޓް ހަދާނެ ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލު ކޮށްފިއެވެ.

އެކަމަށްޓަކައި އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރައްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ޑްރައިވިންގް ލައިސަންސް ޓެސްޓު ހަދަން 20،163.58 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވަނީ ފުރަތަމަ ފިޔަވަހީގެ ލޮޓް 10909 ގައެވެ. އެއީ ފުރަތަމަ ފިޔަވަހީގައި ހިންގަމުންދާ ޕޯޓްއާ ޖެހިގެން އޮންނަ ބިމެވެ.

ހުޅުމާލޭގައި ލައިސަންސް ޓެސްޓް ހަދާނެ ބިން ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

މި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު ލައިސަންސް ނަގަން ބޭނުންކުރާ ސަރަހައްދުތަކުގައި ގިނަ ދަތިތަކެއް ހުރި ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގައި ގާއިމު ކުރެވިގެންދާ ސަރަހައްދުގެ ސަބަބުން އެ ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގައި ޓެސްޓުތައް ހެދުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް