ސްކޮލަޝިޕްތަކާއެކު އެވިޑު ކޮލެޖުން ޖެނުއަރީ މަހުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

އެވިޑް ކޮލެޖުގެ ޗެއާމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނިކޮށް. ފޮޓޯ / އެވިޑު ކޮލެޖު

އަންނަ އަހަރުގެ ޖެނުއަރީ މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ސްކޮލާޝިޕް ފުރުސަތުތަކާއެކު އެކޮލެޖުން މިއަދު ހުޅުވާލައިފިއެވެ.

މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޖެނުއަރީ އިންޓޭކު ރަސްމީގޮތުން ހުޅުވައިދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އަދި ޗެއާމަން ވަނީ ސްކޮލާޝިޕް ފުރުސަތުތައްވެސް އިއުލާން ކުރައްވާފައެވެ.

މިފަހަރު އެވިޑް ކޮލެޖުން ވަނީ ޖުމުލަ 50 ސްކޮލާޝިޕްގެ ފުރުސަތަށް ހުޅުވާލާފައިއެވެ. އޭގެތެރެއިން 30 ސްކޮލާޝިޕް ފުރުސަތު ހާއްސަކޮށްފައި ވަނީ ހުވަދު އަތޮޅުގައި ހުންނަ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ. އެއީ މާސްޓާސްގެ ޕްރޮގްރާމްތަކަށް ފަސް ފުރުސަތު، ޑިޕްލޮމާގެ ކޯސްތަކަށް 10 ފުރުސަތު އަދި ފައުންޑޭޝަނަށް 15 ފުރުސަތެވެ.

ހަމައެހެންމެ 20 ސްކޮލާޝިޕް ފުރުސަތު ހާއްސަކޮށްފައިވަނީ މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކަމަށް އެވިޑް ކޮލެޖުން ބުނެފައިވެއެވެ. އެއީ މާސްޓާސްގެ ޕްރޮގްރާމްތަަކަށް ފަސް ފުރުސަތު، ޑިޕްލޮމާގެ ކޯސްތަކަށް 5 ފުރުސަތު އަދި ފައުންޑޭޝަނަށް 10 ފުރުސަތެވެ.

އެވިޑުން ވަނީ ޖެނުއަރީ އިންޓޭކާއި ސްކޮލާޝިޕް ފުރުސަތުތަކުގެ މައުލޫމާތު ހޯދުމަށް މާލޭގައި ހުންނަ ޑައިމަންޑް ކެމްޕަހަށް 3006768 ނަންބަރުން ގުޅޭނެ ކަމަށާއި ގދ. ތިނަދޫ ކެމްޕަހަށް 6846768 ނަންބަރުން ގުޅޭނެ ކަމަށް ބުނެފައެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ، އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެކޮލެޖުގެ އެކިއެކި ކޯސްތަކުގައި 2500އަށް ވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުން އެބަގެންދެއެވެ.

comment ކޮމެންޓް