ސައިކަލެއް ވަގަށް ނެގި ދެމީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި

ސައިކަލް ވަގަށް ނެތި މައްސަލައިގައި ފުލުހުން ހޯދާ ދެމީހުން -- ފޮޓޯ/ ޕޮލިސް

މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން މިއަދު ވީޑއޯއެއް އާއްމުކޮށްފިއެވެ.

https://youtu.be/io1g8fUdZwg

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަނީ ނިމިދިޔަ ސެޕްޓެމްބަރުމަހުގެ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އަދި މިހާތަނަށް ހާޒިރު ނުކުރެވިވާ، ދެމީހުން ކަމަށެވެ.

އެހެންކަމުން އެ ދެމީހުންނާބެހޭ އެއްވެސް މަލޫމާތެއް އެނގޭ މީހަކު ހުރިނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި އެ މައްސަލައިގެ އިންސިޑެންޓް ނަންބަރު 497007 ބުނެ، އެ މައުލޫމާތެއް ހިއްސާކުރުމަށް އެދޭ ކަމުގައި ފުލުހުން ބުންޏެވެ.

comment ކޮމެންޓް