ޓްރީ ޓޮޕް ހޮސްޕިޓަލުން ޑްރައި ކަޕިން އާއި ޑްރައި ނީޑްލިންގެ ހިދުމަތް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ޑްރައި ކަޕިންގެ ހިދުމަތް--

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްޕޯޓްސް ރިހެބިލިޓޭޝަންގެ ހާއްސަ ޑްރައި ކަޕިން އެންޑް ޑްރައި ނީޑްލިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުގެ ފަރާތުން ތައާރަފް ކުރި ޑްރައި ކަޕިން އެންޑް ޑްރައި ނީޑްލިން ހިދުމަތުގެ އެހީގައި ހަށިގަނޑުގެ ތަދު ކުޑަވެ، ހަރުވެފައިވާ މަސްތަކަށް އެހީ ލިބި ހަށިގަނޑުގައި ލޭ ދައުރުވުން ފަސޭހަވެއެވެ.

ޑްރައި ކަޕިން ހެދުމުގައި ބޭނުން ކުރަނީ ޕްލާސްޓިކް ސަކްޝަން ކަޕްތަކެކެވެ. އެ ސަކްޝަން ކަޕްތަކުގެ އެހީގައި ތަދު އިހުސާސް ކުރެވޭ ދިމަދިމާލުގައި ލޭދައުރު ކުރުން ފަސޭހަކޮށްދެއެވެ.

ޑްރައި ނީޑްލިން ހެދުމުގައި ބޭނުން ކުރާނީ އެކިއުޕަންޗާ ނީޑްލްސްއެވެ. އަދި މި ހިދުމަތް ދެވޭނީ ހަށިގަނޑުގެ މަސްކިއުލޮސްކެލެޓަލް ސިސްޓަމްގެ ސޮފްޓް ޓިޝޫތަކަށް ނީޑްލްސް ލައްވައިގެންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ޑްރައި ނީޑްލިން ހިދުމަތް--

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރީހެބިލިޓޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެއެވެ. އެ ޑިޕާޓްމަންޓަކީ އަނިޔާއަކަށް ނުވަތަ ބައްޔަކަށް ފަހު މީހާގެ ހަށިގަނޑު ވަރުގަދަ ކުރުމަށް އެހީވުމުގައި ހާއްސަ ޓީމެއް ހަރަކާތްތެރިވާ ޑިޕާޓްމަންޓެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ޑްރައި ކަޕިން އަދި ޑަރައި ނީޑްލިންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހުންނަވާ ސިއްހީ މާހިރަކީ ޗީފް ފިޒިއޮތެރަޕިސްޓް، ވިމާލް ރަފައެލް އެވެ. ވިމާލް އަކީ އިންޑިއާގެ ޕީ.އެސް.ޖީ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސާޗް، ޑރ. އެމްޖީ.އާރް މެޑިކަލް ޔުނިވާސިޓީގައި ބެޗެލާޒް އިން ފިޒިއޮތެރަޕީ ހައްދަވައިފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ފިޒިއޮތެރަޕީގެ ދާއިރާގައި އަށް އަހަރަށްވުރެ ގިނައިން މަސަތްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން، އެ ހޮސްޕިޓަލުން ދޭ ދިއްހީ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް