މާލޭ ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ކޮވިޑް ފެސިލިޓީން މިދިޔަ މަހު ފޯނެއް ވަގަށް ނެގި މީހާ -- ފޮޓޯ/ ޕޮލިސް

މާލޭ ކޮވިޑް ފެސިލިޓީން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުގައި މީހަކު ހޯދަމުންދާ ކަމަށާއި ނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އެހެންކަމުން މިމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 497677އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ފުލުހުން ވަނީ އާއްމުންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް