100 ކިލޯ ހެރޮއިން މައްސަލައިގައި ހިމެނޭ ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

100 ކިލޯ ހެރޮއިން މައްސަލައިގައި ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން

މި މަހުގެ 13 ވަނަ ދުވަހު 100 ކިލޯއަށްވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި ދިހަ މީހަކު ހައްޔަރު ކުރި ނަމަވެސް ބަންދުގެ މުއްދަތު ފުރަތަމަ އިތުރުކޮށްފައިވަނީ އަށް މީހެއްގެއެވެ. އަދި ދެ މީހަކު ކޯޓުން ދޫކޮށްލިއެވެ.

ހައްޔަރު ކުރި މީހުން:

  1. ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ ބީޗްހެވަން
  2. އިބްރާހީމް ޒައިދު ޙަބީބު (25އ), ގއ. ކޮލަމާފުށި، ސޯސަންގެ،
  3. މުޙައްމަދު އަޙްމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  4. އިބްރާހީމް ސިނާނު (24އ), ހދ. ކުމުންދޫ، ޑިއާފުރެންޑް
  5. މުޙައްމަދު ޙުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް
  6. އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް
  7. ޑީއެމް މޮބިން (24އ), ބަނގްލަދޭޝް
  8. މިދުހަތު އިބްރާހީމް (26އ), ގއ. ދެއްވަދޫ، ދޭލިޔާގެ

އަށް މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ޖުމާން އާއި މުހައްމަދު އަހްމަދުގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. އަދި ޒައިދުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން މިދުހަތު އިބްރާހިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން, އޭނާ ބަންދުން ދޫކޮށްލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެހެން ކަމުން މިހާރު އެ މައްސަލައިގައި ބަންދުގައި ތިބީ ހަތަރު މީހެކެވެ. އެއީ, ސިނާނު އާއި މުހައްމަދު ހުސައިން އާއި ރަފީގުލް އަދި މޮބިންއެވެ.

comment ކޮމެންޓް