ލާމު ލިންކް ރޯޑުން ފުލުހުންގެ ކާރެއް ފުރޮޅާލައި، އެކްސިޑެންޓެއްވެއްޖެ

ލ. ގަމުގެ ލިންކް ރޯޑުގައި އެކްސިޑެންޓެއްވެ، ފުރޮޅާލި ކާރު -- ފޮޓޯ: އެމްވީކްރައިސިސް

ލ. ގަމު ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައި, އެކްސިޑެންޓެއް ހިނގައިފިއެވެ.

މިފަދަ އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ.

އެ ކާރުގައި އިން ފުލުސް އޮފިސަރަށް އަނިޔާވުމާ ގުޅިގެން އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކާރު ދުއްވަން އިނީ، ކާރު ދުއްވުމުގެ ލައިސަންސް އޮންނަ ފުލުހެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން މައުލޫތޫ ދިނެވެ.

comment ކޮމެންޓް