ރިސޯޓް ތަރައްގީ ކުރަން 18 ރަށެއް ބީލަމަށް ހުޅުވާލައިފި

ކުރަމަތި ރިސޯޓް --

ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް 18 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން މި ރަށްތައް ތަރައްގީ ކުުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ 10:00 ގައި އޮންލައިންކޮށް، ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާނެއެވެ.

އެ މިނިސްޓްރީން ބުނީ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓަކައި އަންނަ ހަފްތާގެ ބުދަ ދުވަހުގެ 12:00ގެ ކުރިން އެ މިނިސްޓްރީއަށް އެމީހެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޖެނުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އެމަހުގެ 19 ވަނަ ދުވަހުގެ 10:00ގެ ކުރިން އެ މައުލޫމާތު މެއިލް ކުރަން ޖެހޭނެ ކަމަށެވެ.

މި އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ޓަކައި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން އެ މިނިސްޓްރީގެ ރަސްމީ އީމެއިލަށް މެއިލް ކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރިސޯޓް ތަރައްގީކުރުމަށް ތިން ވަނަ މަރުހަލާގައި ދޫކުރާ ރަށްރަށް:

  • ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު
  • ހއ. މެދަފުށި - 10.90 ހެކްޓަރު
  • ހދ. ކުޑަފަރު ފަސްގަނޑު - 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
  • ރ. އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
  • މ. ސީދީ ހުރާ - 1.28 ހެކްޓަރު
  • މ. ސީދީ ހުރާ ވެލިގަނޑު (ސީދީ ހުރައާއިއެކު) ތިނެއް ހެކްޓަރު
  • މ. މާއުސްފުށި - 10.40 ހެކްޓަރު
  • ފ. އެނބުލުފުށި - އެކެއް ހެކްޓަރު
  • ފ. ޖިންނަތު ގައު - 0.89 ހެކްޓަރު
  • ތ. ކާއްޑޫ - 3.9 ހެކްޓަރު
  • ތ. އޮޅުފުށި (އޮޅުފުށި ފިނޮޅާއިއެކު) ތިނެއް ހެކްޓަރު
  • ތ. އޮޅުފުށި ފިނޮޅު - 0.54 ހެކްޓަރު
  • ލ. ކަށިދޫ - 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި - ތިނެއް ހެކްޓަރު
  • ލ. ދޮންބެރެހާ - (ހޮޅުރަހާ އާއިއެކު) 1.44 ހެކްޓަރު
  • ލ. ހޮޅުރަހާ - 0.6 ހެކްޓަރު
  • ގއ. މާރެހާ - 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ - ފަހެއް ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
  • ގދ. ފެރޭތަވިލިގިއްލާ (ކްލަސްޓާއެއްގެ ގޮތުގައި) 1.4 ހެކްޓަރު
  • ގދ. ދެކާނބާ (ފެރޭތަވިލިގިއްލާއާއިއެކު) 2.39 ހެކްޓަރު
  • ގދ. ކޮޑެރަޓާ - (ފެރޭތަވިލިގިއްލާއާއިއެކު) 2.5 ހެކްޓަރު
  • ގދ. (ކޯޑިނޭޓްސްގައި ހިމެނޭ ރަށް ފެރޭތަވިލިގިއްލާއާއިއެކު) 2.97 ހެކްޓަރު
comment ކޮމެންޓް