މާލެއިން 39 ޕޮޒިޓިވް ކޭހާއެކު މިއަދުގެ ޖުމްލަ ކޭސްތައް 149ގައި

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,357 ސާމްޕަލްގެ ތެރެއިން 149 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 85 މީހަކާއި މާލެއިން 39 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން 25 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،550 ހެވެ.

މި ބަލީގައި 22 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 87,071 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85,268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 240 މީހުންނެވެ.

comment ކޮމެންޓް