ރައީސް ނަޝީދު ގާސިމާ ބައްދަލުކުރައްވަން މާމިގިއްޔަށް

ރައީސް މުހައްމަދު ނަޝީދާއި މެމްބަރު ގާސިމް އިބްރާހިމް ބައްދަލުކުރެއްވުން -- ފޮޓޯ/ ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އދ. މާމިގިއްޔަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު މާމިގިއްޔަށް ފުރާވަޑައިގަތީ މިއަދު މެންދުރުގެ ވަގުތުގައެވެ. ރައީސް ނަޝީދު މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތީ ގާސިމްގެ އެއާލައިންކަމަށްވާ ފްލައިމީގެ މަތިންދާ ބޯޓެއްގައެވެ. އެ އެއާޕޯޓަށް ވަޑައިގަތުމާއެކު ރައީސް ނަޝީދަށް ގާސިމް ވަނީ ރަތް ދޫލައިގައި މަރުހަބާ ދަންނަވާފައެވެ.

ދެ ބޭފުޅުން އެކުގައި މިއަދު ބައްދަލުކުރައްވާފައިވާއިރު ބައެއް ކަންކަމާ މަޝްވަރާ ކުރައްވާނެކަމަށް ބެލެވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ ދެ ބޭފުޅުން ވެސް އެކި ކަންކަމާ މަޝްވަރާ ކުރައްވާނެކަމަށެވެ. ނަމަވެސް އަދި އިތުރު މައުލޫމާތު މި ވަގުތު ނެތްކަމަށެވެ.

އެ މަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމާއި، އެ ޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފްގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް