ސްޓާ ސްޓޯރީ އޭޝިއާ ޕެސިފިކް އެވޯޑް ވީއައިއޭގައި ހުންނަ އެމްއޭސީއެލްގެ ޑިއުޓީ ފްރީއަށް

ވީއައިއޭގައި ހުންނަ ޑިއުޓީފްރީ ފިހާރައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕްނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިއުޓީ ފްރީ ފިހާރައަށް ހާއްސަ އެވޯޑެއް ލިބިއްޖެއެވެ.

ޑިއުޓީ ފްރީން ކާމިޔާބުކޮށްފައިވަނީ ޓްރެވަލް ރީޓެއިލަރުންނަށް ދޭ ހާއްސަ އެވޯޑެއްކަަމަށްވާ "ސްޓާ ސްޓޯރީ އޭޝިއާ ޕެސިފިކް" އެވޯޑެވެ. މިއީ ޑިއުޓީ ފްރީގެ ބެކް އޮފީސް އެންޑް މާޗެންޑައިޒިން ޓީމަށް ލިބުނު އެވޯޑެކެވެ.

މި އެވޯޑު ދިނުމަށް އޮތް ވާޗުއަލް ހަފްލާ ކުރިއަށް ގެންދިޔައީ މި މަހުގެ 11ވަނަ ދުވަހުން ފެށިގެން 15އިގެ ނިޔަލަށެވެ. އެ އެވޯޑަށް އެހެން ގައުމުތަކުގެ އެއާޕޯޓުތަކުން ވެސް ވަނީ ކުރިމަތިލާފައެެވެ.

މި އެވޯޑަކީ ޓްރެވަލް ރީޓެއިލް އިންޑަސްޓްރީގެ މަސައްކަތްތައް އެންމެ ގާތުން ބަލައި މޫޑީ ޑޭވިޓް ރިޕޯޓުން އިންތިޒާމުކޮށްގެން ދޭ އެވޯޑެކެވެ. ޓްރެވަލް ރީޓެއިލް ސުޕާ ސްޓާ އެވޯޑަކީ ޓްރެވަލް ރީޓެއިލް މަަސައްކަތް ކުރާ ފަރާތްތަކަށް ދޭން ފެށި އެންމެ ފުރަތަމަ އެވޯޑެވެ. މިއީ އެއާޕޯޓުތަކާއި، ކްރުއިޒްތަކާއި އެއާލައިންތަކަށް ހާއްސަކޮށް ދޭ އެވޯޑެކެވެ.

comment ކޮމެންޓް