ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި، ފައިސާ ފޭރުނު މައްސަލައެއް ބަލަނީ

ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މާލޭ މަޖީދީމަގުުން ހުޅުމާލެއަށް ދިއުމަށް ޓެކްސީއަކަށް އެރި ދެމީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރިފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެމީހުން ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރިގަތުމަށްފަހު ޓެކްސީން ފައިބައިގެން ގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް