އިންޝުއަރެންސް: އިޖުރާއަތެއް ނޫން، ޒިންމާއެއް

ހުޅުމާލޭގެ ގެސްޓްހައުސެއް-- ސަން ފައިލް ފޮޓޯ

އެކިއެކި ވިޔަފާރިތައް ފަށާ އިރު ނުވަތަ އަގު ބޮޑު މުދަލެއް ބޭނުން ކުރަން ފަށާ އިރު، ނުވަތަ ބައެއް ފަހަރު ދަތުރުފަތުރު ކުރުމަށް ޓަކައި ވެސް ފުރިހަމަ ކުރަން ޖެހޭ ބައެއް ރަސްމީ އިޖުރާއަތު ހުރެއެވެ. އިންޝުއަރަންސަކީ އޭގެ ތެރެއިން މުހިންމު އެއް "އިޖުރާއަތެވެ".

ދުއްވާ އުޅަނދުފަހަރު ނަގާ އިރު ތާޑް ޕާޓީ އިންޝުއަރަންސް ނެގުން ލާޒިމެވެ. ބައެއް ވިޔަފާރި ފެށުމަށް އެކި އިންޝުއަރަންސް ކަވަރު ނެގުން ލާޒިމެވެ. ނަމަވެސް ހަގީގަތުގައި މިއީ ފުރިހަމަކޮށްލާ އިޖުރާއަތަކަށް ވުރެ މާ ބޮޑު ކަމެކެވެ. އެކަންކަން ލާޒިމުވާ ސަބަބުތަކާ މެދު ވެސް ވިސްނާލަން އެބަ ޖެހެއެވެ.

ގެސްޓްހައުސެއް ހުޅުވުމުގެ މިސާލަކަށް ބަލާލަމާ ހެއްޔެވެ.—ގެސްޓްހައުސެއް ހުޅުވުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށް އެތަނަކަށް އިންޝުއަރަންސް ކަވަރެއް ނަގާފައި ބަހައްޓަން ޖެހެއެވެ. މިއީ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ހޯދުމުގެ އިޖުރާއަތެއް ކަމުގައި ވީ ނަމަވެސް، މިކަމުގެ ބޭނުމަކީ ގެސްޓްހައުސްގެ ޕްރޮޕަޓީއާއި މުވައްޒަފުންނާއި ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ މީހުންގެ މުދަލުގެ ވެސް ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

އިޖުރާއަތެއް ފުރިހަމަކޮށްލަން މިކަން ކުރެވޭ ގިނަ ފަހަރުތަކުގައި ޕެކޭޖެއް ގަންނަނީ އޭގެ މައުލޫމާތު ރަނގަޅަށް ނޭނގިއެވެ. އިންޝުއަރަންސް ކަވަރު އޮންނަނީ އަހަރު ދުވަހުގެ މުއްދަތަކަށް ކަން ބައެއް އޮޕަރޭޓަރުންނަށް ހަނދާން ނެތެއެވެ. އިންޝުއަރަންސްގެ މުއްދަތު ހަމަވެ،އަހަރުން އަހަރަށް އާ ނުކުރާނަމަ ގެސްޓްހައުސް ހިންގުމުގެ ލައިސަންސް ބާތިލު ކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެއެވެ. އެއަށް ވުރެ ބޮޑަށް އެއީ އަގުބޮޑުކޮށް އިމާރާތްކޮށް، ބޮޑެތި އިންވެސްޓްމަންޓްތަކާއެކު ހިންގާ ގެސްޓްހައުސަށް ބޮޑު ނުރައްކަލެކެވެ. އެހެނީ އިންޝުއަރަންސަކީ ބޮޑެތި އަގުހުރި ތަކެތީގެ ވަށައިގެން ލެވޭ ރައްކާތެރިކަމުގެ ފަށަލައެކެވެ.

އެލައިޑް އިންޝުއަރަންސުން ގެސްޓްހައުސްތަކަށް ބޭނުންވާނެ އިންޝުއަރަންސް ކަވަރޭޖުތައް ހިމެނޭ ގޮތަށް ބަންޑްލް ޕެކޭޖުތަކެއް ތައްޔާރުކޮށްފައި ވެއެވެ. އެއީ ބަޖެޓް ޕެކޭޖު، ބަޖެޓް ޕްލަސް ޕެކޭޖު އަދި ޕްރީމިއަމް ޕެކޭޖެވެ.—މި ތިން ޕެކޭޖަކީ ވެސް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދުން މެންޑޭޓުކުރާ ކަވަރުތައް ހިމެނޭ ޕެކޭޖުތަކެކެވެ.

އޭގެ ތެރެއިން އޯލް-އިންކްލޫސިވް ޕެކޭޖެއްގެ ގޮތުގައި އޮންނަ "ޕްރީމިއަމް" ޕެކޭޖަކީ އެންމެ ވަށާޖެހޭ ހައްލެވެ. އަލިފާނުގެ ހާދިސާތަކާއި ވައްކަމުގެ ހާދިސާތަކާއި މުވައްޒަފުންގެ ހަށިގަނޑަށް ނުވަތަ ހަށިގަނޑަަށް ނުވަތަ ފުރާނައަށް ލިބޭ ގެއްލުންތަކާއި ތާޑް ޕާޓީ ލައިބިލިޓީތަކަށް ލިބޭ ގެއްލުންތަކަށް މި ޕެކޭޖުން ބަދަލު ލިބޭނެއެވެ. އަދި އަލިފާން ރޯވުމާއި އެއްޗެއް ގޮވުން ނުވަތަ ގުދުރަތީ ހާދިސާއަކުން ލިބޭ ގެއްލުމަކާ ހެދި ގެސްޓްހައުސްގެ ވިޔަފާރިއަށް ވަގުތީ ގޮތުން ލޮޅުމެއް އަތުވެއްޖެ ނަމަ އެކަމުގެ މާލީ ބަދަލު ލިބޭ ކޮންސީކުއެންޝަލް ލޮސް ކަވަރޭޖު ވެސް މީގައި ހިމެނެއެވެ.

ވީހާވެސް ބޮޑެތި ކަވަރޭޖު ހިމެނޭ ޕެކޭޖެއް އިހުތިޔާރު ކުރުމަކީ ގެސްޓްހައުސަށް ކުރި އިންވެސްޓްމަންޓަށް އެންމެ ރައްކާތެރި ގޮތެވެ. އަދި ގެސްޓްހައުސަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް އެންމެ ހިތްހަމަޖެހިގެން އަދި ފިކުރެއް ނެތި ޗުއްޓީ ހޭދަކޮށްލެވޭނީ އެމީހުން އެހާ އިތުބާރުކޮށްގެން ރާއްޖެ އައިސް ތިބޭ ގެސްޓްހައުސްއަކީ ރައްކާތެރި ތަނެއްކަން އެނގިގެންނެވެ.

comment ކޮމެންޓް