މިއަދު ޕޮޒިޓިވްވީ 225 މީހުން، މާލެއިން 39 މީހުން

ޖުލައި 20، 2021: ފައިމަގުގައި އުޅުނު ވަގުތު، ހިތްއުފާ ކޮށްލަން ނުކުމެ އުޅު އަންހެނުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 225 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން ވަނީ 225 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 39 މީހުންނާއި، އަތޮޅުތެރޭ ރަށްރަށުން ޕޮޒިޓިވްވި 153 މީހުންނާއި މިހާރު ހިންގަމުން އަންނަ ރިސޯޓްތަކުން ޕޮޒިޓިވްވި 33 މީހުންނެވެ.

މިއަދު ޕޮޒިޓިވްވީ 225 މީހުންގެ ތެރޭގައި ކ. ގުރައިދޫ އިން ޕޮޒިޓިވްވީ 86 މީހަކާއި އައްޑޫ ސިޓީން ޕޮޒިޓިވްވީ 17 މީހެއްގެ އިތުރުން ގއ. ވިލިނގިލިން ޕޮޒިޓިވްވީ 13 މީހަކު ވެސް ހިމެނެއެވެ.

އަލަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 86،830 އަށް އަރާފައެވެ.

ކޮވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،520 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 19 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 85،057 އަށް އަރާފައެވެ.

comment ކޮމެންޓް