މާލޭގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އަންހެންމީހާއަށް އަނިޔާ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ރޭ ދަންވަރު 01:30 ހާއިރު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި، އަންހެން މީހާ ރަހީނު ކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަށް ފުލުހުން ބުނީ، ރަހީނު ކުރި ކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.