ޓުއާ ގައިޑެއް ކަމަށް ބުނެ ފަތުރުވެރިއެއްގެ އަތުން ވައްކަން ކުރި ބަންގްލަދޭޝް މީހަކު ހޯދަނީ

ޓުއާ ގައިޑެއް ކަމަށް ބުނެ ފަތުރުވެރިއެއްގެ އަތުން ވައްކަން ކުރި ބަންގްލަދޭޝް މީހަކާ -- ފޮޓޯ/ ފޮލިސް

ޓުއާ ގައިޑެއް ކަމަށް ބުނެ ފަތުރުވެރިއެއްގެ އަތުން ވައްކަން ކުރި ބަންގްލަދޭޝްގެ މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނީ ޓުއާ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ، އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެމީހާ ފައިސާތައް ވަގަށް ނެގީ ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު، ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އޭނާ އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން، ތުހުމަތު ކުރެވޭ މިހާއަކީ ބަންގްލަދޭޝް މީހެއްކަން އެނގިފައިވާކަމަށެވެ.

އެހެންކަމުން މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅައި، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް