ކޮވިޑް ޖެހިގެން އިތުރު މަރެއް، ޖުމްލަ އަދަދު 240އަށް

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީހަކު މަރުވީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެ މީހާއަކީ ހއ. ވަށަފަރުގެ، 44 އަހަރުގެ އަންހެނެއް ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 240އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހޯމަ ދުވަހުގައެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 95 މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 55 މީހަކާއި މާލެއިން 38 މީހެއްގެ އިތުރުން ރިސޯޓުތަކުން ދެ މީހެކެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 1،337އަށް އަރާ އިރު އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 15 މީހަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް