މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދާ ޝިފާޒް -- ފޮޓޯ/ ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ ގއ. ކޮލަމާފުށި، ވެށި، އަޙްމަދު ޝިފާޒް (32އ)އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ޝިފާޒް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގައި ވާގޮތުގެ މަތިން، ތަހުގީގަށް ހާޒިރުވުމަށް ޝިޒާފަށް ފުލުހުން ވަނީ އަންގާފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށްޓަކައި ޝިފާޒް ހާޒިރުވާން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު ކުރި 10:00ށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ.

comment ކޮމެންޓް