215 ކިލޯ ހެރޮއިން މައްސަލައިގައި ހައްޔަރު ކުރީ ރ. މަޑުއްވަރީ ދެ މީހުން

215 ކިލޯ ހެރޮއިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ----

މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކުރި ދެ މީހަންގެ ވަނަވަރު އާންމުކޮށްފިއެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުންނާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ހޯދައި, ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ހަމަ އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އެވެ.

އެނގިފައިވާ ގޮތުގައި މަޑުއްވަރީގައި ދިރިއުޅޭ އެ ދެ މީހުންނަކީ ގާތް ދެ އެކުވެރިންނެވެ. އޭގެ ތެރެއިން ޝާކިރަކީ އެ ރަށުގައި ތަފާތު އެކި ވިޔަފާރިތައް ކުރަމުން އަންނަ މީހެކެވެ.

އެ މައްސަލައާ ގުޅުގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ރ. މަޑުއްވަރީ ކޯޓުން, މިދިޔަ އާދިއްތަ ދުވަހު ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ހުކުރު ދުވަހު 215 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާއިރު އޭގެ ކުރިން ދުވަހު ވަނީ 100 އެއްހާ ކިލޯގެ ހެރޮއިން ވެސް އަތުލައިގަނެފައެވެ. އެ މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރު ކުރި އިރު އެންމެ އިސް ދެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް