ތިނަދޫގައި މަރުވި ތިން މަހުގެ ކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރު ސަސްޕެންޑުކޮށްފި

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--

ގދ. ތިނަދޫގައި މިއަދު މަރުވި ތިން މަހުގެ ތުއްތު ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރަކު ސަސްޕެންޑުކޮށްފިއެވެ.

ތިން މަހުގެ ތުއްތު ކުއްޖާ މަރުވެފައިވަނީ ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ. ނަމަވެސް ކުއްޖާއަށް ކޮވިޑް ޖެހުނުތާ 16 ދުވަސްވެފައިވާނެ ކަމަށް ބަލައި ފަހުން ވަނީ އެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައަޅައިފައެވެ.

ކުއްޖާގެ މަރުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންްސް އޮފިސަރު ސާލިމް އަލީ "ސަން" އަށް ވިދާޅުވީ، ކުއްޖާގެ މަރުގެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލައި ނިމެންދެން، ކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރު ގޭގައި މަޑުކުރުމަށް އަންގައިފައިވާނެ ކަމަށެވެ.

އެ ކުއްޖާ މަރުވީ މިއަދު ހެނދުނު ފަހެއް ޖަހާކަންހާއިރު ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފަހުންނެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހު އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި އެ އާއިލާގައި ކޮވިޑް ޖެހިފައިވާ އެހެން މީހުން ތިބިކަމަށް މީގެ ކުރިން ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް