ގޯލްޑަން ގްލޯބު އެވޯޑް ޖެނުއަރީ މަހުގެ ނުވައެއްގައި ބާއްވަނީ

ގޯލްޑަން ގްލޯބް އެވޯޑް

މުޅި ދުނިޔެއަށް މަޝްހޫރު އެވޯޑެއް ކަމަށްވާ "ގޯލްޑަން ގްލޯބް އެވޯޑް" ދިނުމަށް ހަމަޖައްސައިފައިވަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ނުވައެއްގައި ކަމަށް އިއުލާނު ކޮށްފިއެވެ.

ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން (އެޗްއެފްޕީއޭ) އިން ބުނީ ގޯލްޑަން ގްލޯބަށް ފިލްމާއި އަދި ޓީވީ އުފެއްދުންތައް ހުށައެޅުމުގެ ފުރުސަތު އަންނަ މަހު 15އާ ހަމައަށް އޮންނާނެ ކަމަށެވެ.

އެ އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް އިއުލާންކުރަން ނިންމާފައި ވަނީ މި އަހަރު ޑިސެމްބަރު 13ގައި އެވެ.

އެންމެފަހުން ބޭއްވި ގޯލްޑަން ގްލޯބް އެވޯޑް ދިނުމުގެ ހަފްލާގައި ބެސްޓް ޑްރާމާގެ އެވޯޑް ހާސިލް ކޮށްފައިވަނީ "ދަ ކްރައުން"އެވެ. އަދި ބެސްޓް ޓެލެވިޝަން އެކްޓަރާއި އެކްޓްރެސްގެ އެވޯޑުވެސް ހޯދީ އެ ޑްރާމާގެ ދެ ތަރިންނެވެ.

އެއީ އެކްޓްރެސް އެމާ ކޮރިން އާއި އެކްޓަރު ޖޯޝް އޯކޮނާއެވެ.

މީގެ އިތުރުން ބެސްޓް ޕިކްޗާ ޑްރާމާ، ބެސްޓް ޕިކްޗާ މިއުޒިކަލް ކޮމެޑީ، ބެސްޓް ޑައިރެކްޓާ މޯޝަން ޕިކްޗާ އަދި މިނޫންވެސް އެތައް އެވޯޑެއް އެ ހަފްލާގައި އަންނަނީ ދެމުންނެވެ.

މިއީ އެޗްއެފްޕީއޭ އިން 1944 އިން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ. އެގޮތުން އަންނަ އަހަރު ބާއްވަނީ މި އެވޯޑްގެ 79 ވަނަ ހަފްލާއެވެ.

comment ކޮމެންޓް