ޒުވާން މަސްވެރިޔާގެ ފައި ބިނދިއްޖެ، އަދިވެސް ހޮސްޕިޓަލްގައި

ޒުވާން މަސްވެރިޔާ، ހަސަަން ސާޖިން ޓްރީޓޮޕްގައި އެނދުމަތި ކޮށްފަ -- ފޮޓޯ/ ސާޖިން

ގަދަ ވަޔާއެކު، ރޭ ކުރި ވިއްސާރާގައި ހުޅުމާލެ ދެވަނަ ފޭހާ ދިމާލު ތޮއްޓަށް އުރެންދިޔަ ސަފާރީއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ޒުވާން މަސްވެރިޔާ، ހަސަަން ސާޖިންގެ ފައި ބިނދިއްޖެއެވެ.

ސާޖިން، "ސަން"އަށް މައުލޫމާތު ދެމުން ބުނީ ގަދަ ވައިގެ ތެރޭގައި ތޮއްޓަށް ލައްވާން ދިޔަ އެ ސަފާރީ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ވިއްސައިގެން އައި ވަލަކުން ޖެހި، ފައިގެ މަސްގަނޑު ފަޅާލާ، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

"ސަފާރީގަ ދޯނި ކަފުޖަހައިގެން ދަމަނިކޮށް އެވަގުތު ވީ ގޮތަކީ ވާ ނައްޓައިގެން އައިސް ޖެހުނީ ފައިގަ. ހަމަ ޖެހުނު ގޮތަށް ދެ މަސްގަނޑު ތޮރުފާލާ، ދެ ކަށިގަނޑު ބިންދައިގެން ގޮސް ބޭރަށް ނުކުތީ. އަސްލު އެގޮތަށް ދިމާވީ ވާގަނޑު އައްސާނެތަނެއް ނެތީމަ ދޫކޮށްނުލާ ހިފެހެއްޓީ. ދޫކޮށްލާފިއްޔާ ސަފާރީ ގޮސް ތަނަކަށް އަރާނެތީވެ ހިފެހެއްޓީ،" ސާޖިން ކިޔައިދިނެވެ.

އޭނާ ބުނީ ނައްޓާއިގެން އައި ވަލުން ފައިގައި ޖެހުނު ވަގުތު ވެސް ބިންދައިގެން ދިޔަކަން އެނގުނު ކަމަށެވެ.

ސާޖިންއަށް އަނިޔާ ލިބުނު ވަގުތު އެންމެ ފުތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށްފަހު، އިތުރު ފަރުވާ ދިނުމަށް ޓަކައި މިވަގުތު ބާއްވާފަ އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް