ވައި ބާރުވެ، ކަނޑުގަދަވުމުން މާލެ އާއި ވިލިމާލެ ފެރީ ހިދުމަތް ހުއްޓުމަކަށް!

ކަނޑު ގަދަ ދުވަހެއްގައި މާލެއިން ވިލިމާލެއަށް ދަތުރުކުރާ ފެރީއެއް -- ފޮޓޯ/ ސަން

ގަދަ ވަޔާއެކު ކަނޑު ގަދަވުމުން މާލެއާއި ވިލިމާލެއާ ދެމެދު ދަތުރު ކުރަމުން އަންނަ ފެރީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްޓީސީސީން ބުނީ މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއެކު، އެ ކުންފުނީގެ ފަރާތުން މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ފެރީ ދަތުރުކުރާ ހުރިހާ ފަރާތަކަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މި ފެރީގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ އަރިހުން މައާފަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭގެ ދަންވަރުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ރާއްޖެއަށް މިދުވަސްވަރު، ކުރަމުން މި އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް