މާލޭ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާލޭ ސުކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ކޮން އިރަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ސަން" އަަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވަނީ ޕްރީސުކޫލު ދަރިވަރަކަށެވެ.

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ވެސް ފުލުހުންނަށް ހުށަހަޅައިފައިވެއެވެ. އެ މައްސަލައިގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު، ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު، ޝަރީއަތުން ގޮތެއް ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް