11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެެއްސެއްކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ ފިރިހެެނެއްކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، ނޯތު ޕޮލިސް ޑިވިޝަން ( ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު، ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާއިރު، ޝަރީއަތުން ގޮތެއް ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް