މާލެއިން 14 ޕޮޒިޓިވް ކޭހާއެކު މިއަދުގެ ޖުމްލަ ކޭސްތައް 45ގައި

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,449 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 45 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 27 މީހަކާއި މާލެއިން 14 މީހުންނެވެ. މިއީ ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު އެންމެ މަދުވި އެއް ދުވަހެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،208 އެވެ.

މި ބަލީގައި 16 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 85,977 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,519 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 237 މީހުންނެވެ.

comment ކޮމެންޓް