4،021 ސާމްޕަލްގެ ތެރެއިން 94 މީހުން ޕޮޒިޓިވް

ޖުލައި 7، 2021: މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 4,021 ސާމްޕަލްގެ ތެރެއިން 94 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 68 މީހަކާއި މާލެއިން 20 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،231 އެވެ.

މި ބަލީގައި 16 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 85,932 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,451 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދާ ހަމައަށް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވެފައިވަނީ ޖުމްލަ 237 މީހުންނެވެ.

comment ކޮމެންޓް