ދަރިފުޅަށް ދޭން އަގުހުރި ހަދިޔާއެއް

އެލައިޑުން ވަނީ ސެކަންޑަރީ ސްކޫލު ދަރިވަރުންނަށް ޚާއްސަ އިންޝޫރެންސް ޕްލޭނެއް ތައާރަފްކޮށްފައި -- ފޮޓޯ: އެލައިޑް

ދަރީންނަކީ ކޮންމެ އާއިލާއެއްގެވެސް މުސްތަގުބަލޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ރަނގަޅު ތައުލީމެއް ހާސިލުކޮށް އަދި ވަރުގަދަ ހުނަރުވެރީންނަށް ވެ، މާދަމާ ކަންކަމުގެ ޒިންމާއާ ހަވާލުވާންތިބީ އެކުދިންނެވެ. ވުމާއެކު މައިންބަފައިންގެ ހައިސިއްޔަތުން އެކުދިންގެ މުސްތަގުބަލަށް ތައްޔާރުވުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފުމަކީ ކޮންމެހެން މުހިންމުކަމެކެވެ. އެގޮތުން ދަރީންގެ މުސްތަގުބަލަށް ތައްޔާރުވުމަށް ޓަކައި ދުރާލާ ފަހަށް ފައިސާ ރައްކާކުރެވިދާނެއެވެ. އެއީ އެކުދިންގެ ތައުލީމީ އުމުރުފުރާގައި ކުރިމަތިވެދާނެ މާލީގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން އެޅިދާނެ މުހިންމުފިޔަވަޅެކެވެ.

ރާއްޖެއަކީ ދިރިއުޅުމުގެ ހަރަދުތައް މަތި ގައުމެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑެވެ. އެހެންކަމުން ތިމާއަށް ލިބޭ އާމްދަނީއިން މަހުގެ ހަރަދުތައް ދެކޮޅު ޖެއްސުން މިއަދު މިވަނީ ދަތި އުނދަގޫ ކަމަކަށްވެފައެވެ. ވުމާއެކު، ތިމާ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ނުކޮށް ފަރުޖައްސާލަން ޖެހޭ ހާލަތްތަކާ ކުރިމަތިލާން އެބަޖެހެއެވެ. މިސާލަކަށް، ދަރިންގެ ސާނަވީ އަދި މަތީ ސާނަވީ އުމުރުފުރާގައި އާންމުކޮށް ބޭނުންވާ ޓިއުޝަން ގެ ހަރަދާއި، ސްކޫލް ޓްރިޕް އަދި ޕޮކެޓް މަނީގެ ހަރަދުތަކަކީ އަތުގައިހުރި ފައިސާކޮޅު މަދުނަމަ ހަރަދުކުރަން ވަރަށް ދަތިކަންކަމެވެ. މިކަން ދެނެގަނެ އެލައިޑް އިންޝުރަންސްއިން ތައާރަފް ކޮއްފައިވާ "ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް" ޕްލޭނަކީ ދިމާވެދާނެ މިފަދަ މާލީ ގޮންޖެހުންތަކައް ހައްލެއް ލިބިދޭނެ ޕްލޭނެކެވެ.

އެލައިޑް އިންޝުއަރަންސްގެ "ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް" ޕްލޭނަކީ ދަރިފުޅު ސާނަވީ ސްކޫލުގެ އުމުރު ފެށުމާއިއެކެ، ކޮންމެ އަހަރަކު ތިމާ ކުރިއާލާ ކަނޑައަޅާފައިވާ ފައިސާގެ މިންވަރެއް ލިއްބައިދޭ ލައިފް އިންޝުއަރަންސް ޕްލޭނެކެވެ. މިއީ ކުއްޖާގެ އެންމެ ތުއްތުދުވަހުން ފެށިގެންވެސް އެކުއްޖާގެ މަތީތައުލީމަށް ނުވަތަ ސާނަވީ ތައުލީމު އުނގެނޭ އުމުރުފުރައިގާ ހިނގާނެ ހަރަދުތަކަށް ތައްޔާރުވުމަށް ފަހިވެގެންދާ ރަނގަޅު ވަސީލަތެކެވެ. ކުރިޔާލާ ފަސޭހައިން ފަހަށް ފައިސާ ރައްކާކުރެވޭނެ މަގެކެވެ. މީގެ އިތުރުން މިއީ ތިމާގެ ދަރިފުޅަށް ފަހަށްފައިސާ ރައްކާކުރަމުން ދަނިކޮށް ތިމާ ނިޔާވެއްޖެ ހާލަތެއްގައިވެސް އެކުއްޖާގެ ތައުލީމަށް ފައިސާރައްކާކުރުން ހުއްޓިޔަނުދީ ކުރިއަށް ގެންގޮސްދޭނެ ރައްކާތެރި ވަސީލަތެކެވެ.

އެލައިޑް އިންޝުއަރަންސްގެ މި ޕޮލިސީގައި ބައިވެރިކުރެވޭނީ ހަމައެކަނި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނެވެ. އަދި ބައިވެރިވާއިރު ކުއްޖާގެ އުމުރު 5 އަހަރުންމަތިވެގެން ނުވާނެއެވެ. މީގެއިތުރުން ޕޮލިސީ ކުރިއަށްދާނީ ކުއްޖާއަށް 18 އަހަރު ފުރިހަމަވާ އަހަރާ ހަމައަށެވެ. އެހެންނަމަވެސް ޕޮލިސީގެ ފައިސާ ދައްކާ މުއްދަތު ކުއްޖާއަށް 13 އަހަރު ފުރިހަމަވާ އަހަރުގައި ނިމޭނެއެވެ.

ޕޮލިސީއަށް މަހަކު އެއްފަހަރު ނުވަތަ އަހަރަކު އެއްފަހަރު ފައިސާ ދެއްކޭއިރު، ދައްކާ ފައިސާގެ މިންވަރު ކަނޑައެޅުމުގައި މައިގަނޑު ތިންކަމަކަށް ބަލައެވެ. އެއީ ޕޮލިސީ ނަގާފަރާތުގެ (ބެލެނިވެރިޔާގެ) އުމުރާއި، ބައިވެރިކުރުވާ ކުއްޖާގެ އުމުރު ނުވަތަ ކުރިއަށްދާނެ މުއްދަތު، އަދި ފަހަށް ރައްކާކުރަންބޭނުންވާ ފައިސާގެ އަދަދެވެ. މި އިންޝުއަރަންސް ޕްލޭންގެ ފައިސާ ނުވަތަ ޕްރިމިއަމް ކަނޑައެޅުމުގައި މި ހުރިހާ ކަމަކަށް ބަލާ މަޤްސަދަކީ މި ޕްލޭންނަކީ ފަހަށް ފައިސާ ރައްކާކޮށް އިންވެސްޓް ކޮށްދިނުމުގެ އިތުރުން ތިމާ ނިޔާވެއްޖެ ހާލަތެއްގައިވެސް ތިމާގެ ދަރިފުޅުގެ މަތީތައުލީމުގެ ޙަރަދުތަކަށް ފައިސާ ރައްކާކުރުން ކުރިޔައްގެންގޮސްދޭ ޕްލޭނަކަށްވާތީއެވެ.

ޕްލޭންގެ ފައިސާ ދައްކާ މުއްދަތު ނިމުމަށްފަހު ޕޮލިސީގެ މުއްދަތު ހަމަވުމާއި ހަމައަށް ކަނޑައެޅިފައިވާ ފައިސާގެ އަދަދެއް (ޕޮލިސީގެ އިންޝުއަރަންސް އަދަދުގެ %15) ކޮންމެ އަހަރަކުވެސް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ޕޮލިސީގެ މައްޗައް ޑިކްލެއަރ ކުރެވިފައިވާ ބޯނަސްގެ އަދަދެއް ޕޮލިސީގެ އެންމެ ފަހުއަހަރުގެ ފައިސާއާއިއެކު (ކުއްޖާއަށް 18 އަހަރު ފުރޭއަހަރު) ލިބިގެންދާނެއެވެ.

މިސާލަކަށް ޕޮލިސީގެ އިންޝުއަރަންސް ގެ އަދަދަކީ 100،000ރުފިޔާ ކަމުގައިވާނަމަ، ކުއްޖާއަށް 13 އަހަރު ފުރޭ އަހަރުން ފެށިގެން 17 އަހަރުވަންދެން ކޮންމެ އަހަރަކު 15،000 ރުފިޔާ ލިބިގެންދާނެއެވެ. އެއީ 100،000 ރުފިޔާގެ %15 އެވެ. އެއަށްފަހު ބާކީ %25 (25،000 ރުފިޔާ) އަދި ޕޮލިސީގެ މައްޗައް ހިސާބު ކުރެވިފައިވާ ބޯނަސް އެންމެ ފަހުއަހަރުގައި ލިބޭނެއެވެ. މި ޕޮލިސީއިން ލިބޭ އެންމެ މުހިންމު ރައްކާތެރިކަމަކީ ތިމާ ނެތްދުނިޔެއެއްގައިވެސް މިފައިސާ ތިމާގެ ދަރިފުޅަށް ކަށަވަރުވުމެވެ. ވުމާއެކު ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ޕްލޭނަކީ އާއިލާގެ މުސްތަގުބަލު ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން އެލައިޑުން ފޯރުކޮށްދޭ ވަރަށް ރޭވުންތެރި، އިސްތިރާޖީ ޕްލޭނެކެވެ. ކޮންމެ މަހަކު ކުޑަ އަދަދެއް ދައްކަމުން ގޮސް ވެސް ދަރިފުޅަށް ޓަކައި މި ހަދިޔާ ތައްޔާރުކުރަން ފަށަން ފަސޭހަ ދެމެހެއްޓެނިވި ޕްލޭންއެކެވެ.

comment ކޮމެންޓް