ސަންގަ ބޭނުންކުރި ފޮޓޯއިން ފެންނަ ފަރާތްތަކުގެ ކިބައިން މައާފަށްއެދެފި

"ވަގު ޓިކެޓް ހަދައިގެން ދަނޑަށް ވަންނަން އުޅުމުން ނުވަދެވުނު" މި ސުރުހީގެ ދަށުން ސަން އޮންލައިންގައި 13 އޮކްޓޯބަރު 2021ގެ 20:53ގައި ޝާއިއުކުރި ހަބަރާ ގުޅޭގޮތުން ދަންނަވަމެވެ.

އިސްވެ ދެންނެވި ޚަބަރުގައި ޝާއިއު ކުރެވިފައިވަނީ އެ ޚަބަރާ އެއްވެސް ގުޅުމެއް ނެތް ފޮޓޯއެއްކަން ފާހަގަކުރެވުމުން، އެ ފޮޓޯއާއި އެ ޚަބަރު ވަނީ މިހާރު ސަން އޮންލައިން އުނިކުރެވިފައެވެ.

މި ފޮޓޯ "ސަން އޮންލައިންް" ގައި ޝާއިއު ކުރެވިފައިވާތީ އެ ފޮޓޯ އިން ފެންނަ އެންމެހާ ފަރާތްތަކުގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވުމަށް އަޅާންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެ ވާހަކަ ވެސް ދަންނަވަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު