ރައީސުލްޖުމްހޫރިއްޔާ ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލް: ރައީސުލްޖުމްހޫރިއްޔާ، ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފި --

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފިއެވެ.

އެ ބޯޑު އެކުލަވައިލައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ބޯޑަކީ ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

އެ ބޯޑުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން:

1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް)
2. ޑޮކްޓަރ މުހައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
3. މުހައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް)
4. އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން (ސިޓީ ކައުންސިލްގެ މެންބަރެއް)
5. މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.

comment ކޮމެންޓް