މިސްކިތަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާގެ ބަލި ހާލަތު ބަލަނީ

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމީ މަރުކަޒާއި، ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މީހާގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރިތޯ އިތުރަށް ބަލަން ފުލުހުން ނިންމައިފިއެވެ.

އެ މައްސަލައިގައި މިދިޔަ އޮކްޓޯބަރު ހަތަރުވަނަ ދުވަހު މީހަކުވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ މ. ޝޭޑީ ހޯމް، އުމުރުން 40އަހަރުގެ ހަސަން ޒިޔާދެވެ.

އެ މައްސަލައިގައި އިއްޔެ ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުުރުކޮށްފައެވެ.

ކޯޓުން ބުނީ އޭނާ ބަންދުކޮށްފައިވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.

އެއާއެކު އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ހަމައެއާއެކު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

https://sun.mv/157547

އިސްލާމީ މަރުކަޒުގައި ނަމާދަށް ތިއްބާ މީހަކު މިސްކިތުގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވަނީ މި މަހުގެ ތިންވަނަ ދުވަހެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ގިނަ ކަންތައްތަކެއްގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ފިރިހެނެއް ވަން މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެެވެ. އެއާއެކު އެއީ ވެސް ނަފްސާނީ މައްސަލައެއް ހުރި މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް